ލޯންޗު ފެރީތަކަށް އިތުރު ދެ ފަޅެއް ހަމަޖައްސަން މަޝްވަރާކޮށްފި
މިހާރު
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:40
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިތުރު ދެ ފަޅެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
މަގުގެ މަސައްކަތް މިދިޔަ މަހުގެ 21 ގައި އެމްޓީސީސީން ފެށުމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އެ ސަރަހައްދަށް ގާތް ކުރަމުންދިޔަ އަތޮޅު ފެރީތަކާއި ލޯންޗުތަކަށް އިތުރު ދެ ސަރަހައްދެއް ބޭނުންކުރެވޭނެ ކަމަށް ބުނެފަ އެވެ.
ލޯންޗުތައް ގާތްކުރަން އެމްޕީއެލް އިން ހަމަޖެއްސީ އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތު ވެސްޓް ހާބަރު (ޓީޖެޓީ) ސަރަހައްދެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެތަނުން ހިދުމަތް ދޭނެ އެމްޕީއެލް އިން ބުނެފައިވެ އެވެ.