ރައީސްގެ ހިތްވަރު ގައުމީ ޓީމަށް، އެދިވަޑައިގަތީ ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝު ނެރެދޭން
މިހާރު
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:01
ސްރީ ލަންކާއާ ދެކޮޅަށް އިއްޔެ ރާއްޖޭން ކުޅުނު މެޗުގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަށް ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ކުރިއަށް އޮތް މެޗުތަކުގައި ވެސް ކާމިޔާބީ ހޯދުމަށް ހިތްވަރާ އެކު މަސައްކަތް ކޮށްދިނުމަށް ކޯޗު މޯހަން އާއި ކުޅުންތެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
"މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާ އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.