ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:34

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހް އައްޔަންކުރީ މިއަދު ކަމަށެވެ.

ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

މައުޟޫޢުތަށް