ރާއްޖޭގައި ބާއްވާ ހަރަކާތްތަކުގެ މައުލޫމާތު ޓޫރިސްޓުންނަށް ފޯރުކޮށްދޭން ހާއްސަ ޕްލެޓްފޯމެއް

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:43

ރާއްޖޭގައި ކުރިއަށް ގެންދާ ހުރިހާ އިވެންޓްތަކެއް އެއް ތަނަކުން ފެންނަ ގޮތަށް 'ދަ އިވެންޓްސް ކަލަންޑާ'ގެ ނަމުގައި މުޅިން އާ ޕްލެޓްފޯމެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ތައާރަފްކޮށްފި އެވެ.

ވީއެމްސީން ބުނީ ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި ކުޅިވަރުގެ އެކި ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މައުރަޒުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މައި ހަބެއްގެ ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާނެ ކަމަށެވެ.

އެ ކަލަންޑަރުގެ ސަބަބުން ރާއްޖޭގައި ބާއްވާ އެކި އިވެންޓުތައް ދުރާލާ ޕްރޮމޯޓްކޮށް، އެކަމުގެ މައުލޫމާތުތައް ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މައުޟޫޢުތަށް