ވިޔަފާރިތަކުން ޓީޓީ ހަދަން ބީއެމްއެލްއިން މިއަހަރު 73 މިލިއަން ޑޮލަރު ހަމަޖައްސައިދީފި

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:48

ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ 12 މަސް ދުވަހު ޓީޓީ ހެދުމަށް އެ ބޭންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު އެކަނި ވެސް ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކާފައިވާ އަރާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޑޮލަރު ވިއްކި އަދަދު އިތުރުވެފައިވަނީ، ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެދެވޭނެ އަދަދުގެ ނިސްބަތް ވެސް އިތުރުކޮށްދިނުމަށްފަހު އެވެ.

މައުޟޫޢުތަށް