ތައިލެންޑުގެ މުބާރާތުން ރާއްޖޭގެ ނިއު ލެގޫންގެ ލޫތު އާއި މައާދު އަށް ތިންވަނަ

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:41

ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތުން ރާއްޖޭގެ ލޫތު މުހައްމަދު ހުސައިން އާއި އިބްރާހިމް މައާދު ސާޖިދު ތިންވަނަ ހޯދައިފި އެވެ.

އިއްޔެ އާއި މިއަދު ބެންކޮކްގައި ބޭއްވި މުބާރާތުގައި ނިއު ލެގޫން ސުވިމިން ކްލަބް ތަމްސީލު ކުރި ލޫތު އާއި މައާދު ތިންވަނަ ހޯދީ ކޮންމެ ފެތުންތެރިޔަކު ފަސް ރަން މެޑަލް ހޯދައިގެންނެވެ.

އުމުރުން 16 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ލޫތު ވަނީ އިންޑިވިޖުއަލް ހަތަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އޭނާގެ ފަސްވަނަ ރަން މެޑަލްއަކީ ނިއު ލެގޫން ތަމްސީލު ކުރި ރިލޭ ޓީމުގައި ހިމެނިގެން ހޯދި ރަން މެޑެއްޔެވެ.

މައުޟޫޢުތަށް