27 އަހަރަށް ފަހު ފަހުމީ ސްޓެލްކޯއާ ދުރަށް، ޝުކުރު ރައީސަށް
މިހާރު
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:32
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެ ކުންފުނި ހިންގުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވަމުން ހުސައިން ފަހުމީ 27 އަހަރަށް ފަހު ސްޓެލްކޯއާ ވަކިވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.
މި ކުއްލި ނިންމުމާ އެކު ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ. އޭނާ ވަނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.