ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދައިފި
މިހާރު
8 ސެޕްޓެމްބަރު 2025 | ހޯމަ | 10:07
ހަތަރު ސެޓުން އިޓަކީގެ ޔަނިކް ސިނާ ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.
އުމުރުން 22 އަހަރުގެ އަލްކަރާޒް 6-2، 3-6، 6-1، 6-4 އިން މޮޅުވެ އޭނާގެ ދެ ވަނަ ޔޫއެސް އޯޕަން ތަށި ހޯދިއިރު، މިހާރު ގްރޭންޑް ސްލޭމްގެ ޖުމްލަ ވަނީ ހަޔަކަށް އަރައިފަ އެވެ. އޭނާ ވަނީ ވިމްބަލްޑަން އާއި ފްރެންްޗް އޯޕަން ވެސް، ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މިހާތަނަށް ކާމިޔާބުނުކުރެވެނީ އޮސްޓްރޭލިއަން އޯޕަން އެވެ.
"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ،" އަލްކަރާޒް ބުންޏެވެ. "މި ތަށި އުފުލާލަން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މި އައީ. މިއީ އަހަރެންގެ ދެ ވަަނަ ޔޫއެސް އޯޕަން. އެކަމަކު މިއީ ހުވަފެނެއް ހަގީގަތަކަށްވުން."