މިނީސޯގެ ބޮޑު ފިހާރައެއް މަޖީދީމަގަށް, މިރޭ 10 ޕަސެންޓް ޑިސްކައުންޓު ލިބޭނެ
މިހާރު
8 ސެޕްޓެމްބަރު 2025 | ހޯމަ | 11:26
މިނީސޯގެ އާ ފިހާރައެއް މިރޭ މަޖީދީމަގުގައި ހުޅުވާނެ އެވެ.
މިރޭ 8 ޖަހާއިރު އެ ފިހާރަ ހުޅުވުމަށްފަހު 10 ޖަހަންދެން އެތަނުން ކުރާ ވިޔަފާރިތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ އިތުރުން އެތަނުން މިރޭ ހާއްސަ ހަދިޔާ އާއި ގިވްއަވޭގެ ގޮތުގައި ދޭ އަގުހުރި އިނާމު ދައްކާލާނެ އެވެ. އަދި މިނީސޯގެ މެސްކޮޓު ވެސް އެ ފިހާރައިގައި މިރޭ ހަރަކާތްތެރިވާނެ އެވެ.
ޒިކުރާ މިސްކިތް ކައިރިން މަޖީދީމަގުގައި ހުޅުވާ މިނީސޯ އަކީ މާލޭގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު މިނީސޯ ފިހާރަ އެވެ. އެ ތަނުގައި ތަފާތު ގިނަ ވައްތަރުތަކުގެ ޕްރޮޑަކްޓުތައް ހެޔޮއަގުގައި ހުންނާނެ އެވެ. އޭގެ ތެރޭގައި ލައިފްސްޓައިލް އެކި ޕްރޮޑަކްޓުތަކުގެ އިތުރުން މޭކަޕާއި ސްކިންކެއާ އާއި ހެއާކެއާ އާއި އެސަސަރީޒްގެ އިތުރުން ސްޓޭޝަނަރީޒް އާއި ކިޗަން އެޕްލަޔަންސް އަދި ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ފަދަ އެކި ސާމާނު ހިމެނެ އެވެ.