އުތުރު އަޔަލެންޑް ބަލިކޮށް ޖަރުމަނަށް ހަމަޖެހުމެއް

މިހާރު

8 ސެޕްޓެމްބަރު 2025 | ހޯމަ | 11:55

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނުގެ ފެށުން ގޯސްވެފައި ވަނިކޮށް ރޭ އުތުރު އަޔަލެންޑް އަތުން 3-1 އިން މޮޅުވެ، ހަމަޖެހުމެއް ހޯދައިފި އެވެ.

ކޮލިފައިންގެ ގްރޫޕް އޭ ގައި ޖަރުމަން ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން 2-0 އިން ބަލިވީ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހާފު ނިމުނުއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ސާޖް ގްނެބްރީ ޖަރުމަނަށް ލީޑު ނަގައިދީފައި އޮއްވާ އުތުރު އަޔަލެންޑަށް އެއްވަރުކޮށްދިނީ އިސާކް ޖޫޑް ޕްރިސް އެވެ. ކޮލޯންގައި ކުޅުނު މި މެޗުން ޖަރުމަން މޮޅުވީ ދެ ވަނަ ހާފުގައި ނަޑިއެމް އަމީރީ އާއި، ފްލޮރިން ވްރިޓްޒް ޖަހައިދިން ލަނޑުތަކުންނެވެ.

މައުޟޫޢުތަށް