ދެ ކޮމިޝަނަށް ރައީސުން އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

މިހާރު

8 ސެޕްޓެމްބަރު 2025 | ހޯމަ | 1:17

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އަންނަ ހޯމަދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް "މިހާރު" އަށް މިއަދު ވިދާޅުވީ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ނައިބު ރައީސަކު ކަނޑައެޅުމަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސަކު ކަނޑައެޅުމަށް ކަމަށެވެ.

އެއީ ޖަލްސާ ބާއްވާ މައިގަނޑު ބޭނުން ކަމަށް ވިޔަސް އެހެން މަސައްކަތްތައް ކުރަން ވެސް ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެޖެންޑާ ކުރާނެ ހުރިހާ މަސައްކަތްތަކެއް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް