ވަގަށް އެތެރެކުރާ ދުންފަތް ހޯދަން ކަސްޓަމްސްގެ އޮޕަރޭޝަނެއް
މިހާރު
8 ސެޕްޓެމްބަރު 2025 | ހޯމަ | 3:34
ގާނޫނާ ހިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ކަސްޓަމްސް އިން ބުނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާއްމު ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމަށެވެ.
އެކަން ހައްލުކުރަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ބުންޏެވެ.