އާންމު ތަންތަން ދިއްލަން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރަން ރައީސް ނިންމަވައިފި
މިހާރު
8 ސެޕްޓެމްބަރު 2025 | ހޯމަ | 8:52
މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް އާއްމު ރޭޓުން ބިލްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މީގެކުރިން މަގުބައްތި އާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ގަވަމެންޓު ރޭޓުގަ އެވެ. އެ ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ. އިންނެވެ. ޔުނިޓް ބޮޑުވާ ވަރަކަށް ރުފިޔާގެ އަދަދު އިތުރުވެ އެވެ. މި ރޭޓުގައި 600 ޔުނިޓަށް 7.50ރ. ނަގަ އެވެ.
ޑޮމެސްޓިކް ރޭޓުތައް ފެށެނީ 100 ޔުނިޓަށް 1.25ރ. އިންނެވެ. މި ރޭޓުން 600 ޔުނިޓަށް ބޮޑުވެގެން އަރަނީ 3.83ރ. އެވެ.