އެމްޑީޕީން ވަކިވި ސަބަބު އެނގެން ޖެހޭ މީހުންނަށް ސާފުވާނެ: މަހުލޫފް

މިހާރު

8 ސެޕްޓެމްބަރު 2025 | ހޯމަ | 9:50

އިދިކޮޅު އެމްޑީޕީން ވަކިވާން ޖެހުނު ސަބަބު އެނގެން ޖެހޭ މީހުންނަށް ސާފުވާނެ ކަމަށާއި އެކަމުގައި ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު، މަހްލޫޕް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. މި ނިންމުމާ މެދު އެމްޑީޕީގެ ބައެއް މެމްބަރުންނާއި އާއްމުންގެ ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

މަހްލޫފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު، އެކަން ކުރަން ޖެހިވަޑައިގަތް ސަބަބު އެ ޕާޓީގެ ބައެއް ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް