އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން ހޯދައި ތޮއްޑޫ ގޯލްޑް ކަޕަށް

މިހާރު

8 ސެޕްޓެމްބަރު 2025 | ހޯމަ | 11:22

އއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތޮއްޑޫ، ގޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.

ފުޓްބޯޅައިގައި ކުރިން މަޝްހޫރު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ، ތޮއްޑޫން އަރިއުތުރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބޮޑުފުޅަދޫ ބަލިކުރުމަށް ފަހު އެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށް، ރަސްދޫގައި ބޭއްވި މުބާރާތުގެ ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ތޮއްޑޫން ކާމިޔާބު ހޯދީ ޕެނަލްޓީޝޫޓްއައުޓްގައި 4-2 ންނެވެ.

މައުޟޫޢުތަށް