ރަޝިޔާގެ ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
މިހާރު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:34
ރަޝިޔާގައި އުފައްދައި ޓެސްޓުކުރަމުން އައި ކެންސަރު ވެކްސިން، އެންޓެރޮމިކްސް، ކްލިނިކަލް ޓްރަޔަލްތަކުގައި 100 ޕަސެންޓް ކާމިޔާބު ކަމަށް އިއުލާނުކޮށްފި އެވެ.
"ރަޝިޔާގެ އެންޓެރޮމިކްސް ކެންސަރު ވެކްސިން މިހާރު ވަނީ ކްލިނިކަލް ބޭނުންތަކަށް ތައްޔާރުވެފައި،" ފެޑެރަލް މެޑިކަލް އެންޑް ބަޔޮލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ) އިން ބުންޏެވެ.
ކޮވިޑްގެ ވެކްސިނާ އެއްގޮތަށް އުފެއްދި މި އެމްއާރްއެންއޭ ވެކްސިންނާ ބެހޭ ގޮތުން އެފްއެމްބީއޭގެ ވެރިޔާ ވެރޮނިކާ ސްކޮޓްޒޯވާ ވިދާޅުވީ ޕްރީކްލިނިކަލް މަރުހަލާގައި މިއީ ނަތީޖާ ވަރަށް ރަނގަޅު އަދި ރައްކާތެރި އެއްޗެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.