ހިންމަފުށީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް

މިހާރު

9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:31

ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ވަދެ، އޮޕަރޭޝަނެއް ފަށައިފި އެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދާ މީހުން ތިބޭ އެ ސެންޓަރަށް ފުލުހުން ވަނީ، އެ ތަނުގައި ގެންގުޅުން މަނާ ބައެއް ތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތަކާ ގުޅިގެން ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މައުޟޫޢުތަށް