އައްޑޫ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފި
މިހާރު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 12:07
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.
އައްޑޫ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި 15 ފަރާތަކަށް ޖާގަދޭން ނިންމާފައިވާ ކަމަށެވެ.
އެ އިންޓާންޝިޕަށް ޝަރުތު ހަމަވާނީ މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް އޮތް ފަރާތްތަކާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހަކަށް ވާންޖެހެ އެވެ.