އެންމެ ބޮޑު ހޮސްޕިޓަލިޓީ އެސްކްޕޯގެ ކޯ ސްޕޮންސަރަކީ ސިމްޑީ ގްރޫޕް

މިހާރު

9 ސެޕްޓެމްބަރު 2025 | އަންގާރަ | 12:36

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެސްކްޕޯ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގައި ސިމްޑީ އިން ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އެފްއެޗްއޭއެމް އެގްޒިބިޝަންގައި ބޮޑު ދެ ސްޓޯލްގައި ސިމްޑީ ސީޕީޑީން ވިއްކާ ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް ވަނީ ޝޯކޭސްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ސްޓޯލް ސިމްޑީން ހާއްސަކޮށްފައިވަނީ އެ ކުންފުނިން ވިއްކާ މަގުބޫލު ދިލްމާ ސައިފަތުގެ ބާވަތްތަކަށެވެ. އެ ސްޓޯލުގެ ހަރުތަކުގައި ދިލްމާގެ އެކި ވައްތަރުގެ, އެކި ފްލޭވާތަކުގެ ސައިފަތް ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި ދިލްމާގެ ލޫޒް ޓީ އާއި ޓީ ބޭގްސް އަދި އެލިކްސާ ވަނީ ދައްކާލައިފަ އެވެ. އެ ސްޓޯލަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ދިލްމާ އައިސްޓީގެ އެކި ފްލޭވާތަކުގެ ރަހަތައް ބަލާލެވޭނެ އެވެ.

ސިމްޑީގެ ދެ ވަނަ ސްޓޯލްގައި ސިމްޑީ ސީޕީޑީއިން ވިއްކާ ގިނަ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ޝޯކޭސް ކޮށްފައިވެ އެވެ. އެ ތަނުގައި ފަޔަބުލް ރާމެން، ބިޔަރެމްބާގް, ޖޭމްސް, މަސްޓާޑް އިން ފެށިގެން ގަރަފަލޯގެ ޕާސްތާ, ސްޕެގެޓީ, އައިކެފޭގެ އެކި ރަހަތައް އަދި ނޫރު ބްރޭންޑުގެ ސަންފްލާވާ އޮއިލް އާއި މަޔޮނައިޒް އާއި ދިލްމާ ބާސްމަތީ ރައިސްގެ އިތުރުން ޓާޓާ ސޯލްޓްގެ ޕްރޮޑަކްޓް ލައިން ވަނީ ދައްކާލައިފަ އެވެ.

މައުޟޫޢުތަށް