މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން ނޫސްވެރިން މުޒާހަރާކުރަނީ

މިހާރު

9 ސެޕްޓެމްބަރު 2025 | އަންގާރަ | 1:39

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން މަޖިލިސް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަނާއި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މިދިޔަ މަހު މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށްޓަކައި މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.

މައުޟޫޢުތަށް