އިޒްރޭލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކުރަން، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ރައީސް
މިހާރު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 8:43
އިޒްރޭލުން ގަތަރަށް މިއަދު ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައި، އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލައްވައިފި އެވެ.
އިޒްރޭލުން މިއަދު ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ތިބޭ ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް، މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކެއް މިހާތަނަށް ސާފުނުވި ނަމަވެސް، ދޯހާގެ އެކި ސަރަހައްދުތަކަށް އެ ހަމަލާތައް އަމާޒުވެފައިވެ އެވެ.
އެ ހަމަލާ ކުށްވެރިކުރައްވައި، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި މިނިވަން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފަށް ހިންގާ އެފަދަ އަމަލުތަކާ ދެކޮޅަށް އަވަސް ގޮތެއްގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެ އެވެ.