ކަނޑުތޮށި މަރާމާތުކުރަން ޖައިކާއިން ބޮޑު އެހީއެއް ދީފި
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 12:02
ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ހިންގާ މަޝްރޫއަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އިން 10.5 މިލިއަން ޑޮލަރުގެ އެހީ މިއަދު ދީފި އެވެ.
ޖައިކާއިން ބުނީ "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫއުގެ އިމާރަތްކުރުމުގެ މަރުހަލާއަށް 10.5 މިލިއަން ޑޮލަރު (161.9 މިލިއަން ރުފިޔާ)ގެ އެހީ ދީފައިވަނީ މިދިޔަ ޖުލައި 26 ވަނަ ދުވަހު ސޮއިކުރި އެކްސްޗޭންޖު އޮފް ނޯޓްސްގެ ދަށުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އަދި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓު ރިޕްރެޒެންޓޭޓިވް ޓަކި މޮޓޯއާ ވަނީ ސޮއިކުރައްވައިފަ އެވެ.