އައިފޯންގެ ޑިޒައިނަށް ބަދަލަކާ އެކު އެންމެ ތުނި އަދި ވަރުގަދަ ފޯނު ތައާރަފްކޮށްފި

މިހާރު

9 ސެޕްޓެމްބަރު 2025 | އަންގާރަ | 11:38

އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނާއި އެންމެ ވަރުގަދަ ފޯނާ އެކު އެ ކުންފުނީގެ އާ ބައެއް އުފެއްދުންތައް ތައާރަފްކޮށްފި އެވެ. އައިފޯންގެ ހަތަރު މޮޑެލްއެއްގެ އިތުރުން އެއާޕޮޑްސް ޕްރޯ 3 އާއި އެޕަލް ވޮޗް ސީރީޒް 11 އަދި އަލްޓްރާ 3 ވެސް ތައާރަފްކުރި އެވެ.

އައިފޯން 17 ނެރުނީ ޑިޒައިނަށް ބަދަލެއް ނުގެނެހެވެ. އެކަމަކު މިފަހަރު ހުރީ ތަފާތު ކުލަތަކެކެވެ. އަދި މެއިން ކެމެރާގައި 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ، 2 ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ހިމެނެ އެވެ. ކެމެރާގައި މުޅިން އަލަށް އެތައް ފީޗާއެއް ވަނީ ހިމަނައިފަ އެވެ.

މި ފޯނުގެ ފެށޭ އަގަކީ 799 ޑޮލަރެވެ.

މައުޟޫޢުތަށް