ގަތަރަށް ދެން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދީފިން: އެމެރިކާ
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 1:07
އިޒްރޭލުން ގަތަރަށް ހަަމަލާ ދިނުމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި މިފަދަ ކަމެއް ގަތަރުގެ ބިމުގައި ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގަތަރުގެ ވެރިނަށް ދެއްވައިފި ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް މިއީ ސުލްހަޔަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.
ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގެ ވެރިރަށް ދޯހާގެ އިމާރާތްތަކަކަށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާތަކާ ގުޅޭ ގޮތުން ސުވާލުކުރުން ލީވިޓް ވިދާޅުވީ "ހަމާސް ނައްތާލުމަކީ މުހިންމު ކަމަކަށް ވިޔަސް" ގަތަރުގެ ވެރިރަށް ދޯހާގައި ހަމަލާދީގެން އެމެރިކާ އަދި އިޒްރޭލުގެ މަސްލަހަތު ވެސް ކުރި ނާރާނެ ކަމަށެވެ.