އޭއައި ބޭނުންކޮށްގެން އައިޝްވާރިޔާގެ ފޮޓޯ ހަދާތީ އޭނާ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 11:36
ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަންގެ ފޮޓޯ އާއި ވީޑިއޯ އޭއައި ބޭނުންކޮށްގެން ހަދާ މައްސަލަ އޭނާ އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އައިޝްވާރިޔާ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
އައިޝްވާރިޔާ ވަކީލުން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނި ގޮތުގައި، އޭނާގެ ނަމާއި ފޮޓޯ އާއި އަޑު އޭނާގެ ހުއްދަ ނެތި ވިޔަފާރިގެ ބޭނުމަށް ދަނީ ބޭނުންކުރަމުންނެވެ. އަދި އޭއައި އާއި ޑީޕްފޭކްގެ އެހީގައި އޭނާގެ ފޮޓޯ ބޭނުންކޮށްގެން ބޭއަދަބީ ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.