ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ހިންގަން އުޅޭ އެހެން ޕްރޮޖެކްޓުތައް ވެސް ހުއްޓާލަން ގޮވާލައިފި

މިހާރު

10 ސެޕްޓެމްބަރު 2025 | ބުދަ | 1:02

ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެހެން ޕްރޮޖެކްޓުތައް ވެސް ހުއްޓާލަން ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ގޮވާލައިފި އެވެ.

ބ. ދޮންފަނުގެ ބިން ހިއްކުން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ ނިންމުން ބަދަލުކުރުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

އެ ޖަމިއްޔާއިން ތައްޔާރުކުރި ޕެޓިޝަންގައި 5،000 މީހުން ސޮއިކޮށްފައިވެ އެވެ. އަދި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖެ އާއި ބޭރުގެ އެތައް ޖަމިއްޔާއަކުން ވަނީ އެ ޕެޓިޝަނަށް ތާއީދުކޮށްފަ އެވެ.

މައުޟޫޢުތަށް