އޮފީސް ހިންގާނެ އިތުރު އިމާރާތެއް ހަމަނުޖެހުމުން ސްކައުޓްގެ އިދާރާ ވަގުތީ ގޮތުން ބަންދުކޮށްފި
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 3:59
އޮފީސް ހިންގާނެ އިމާރާތެއް ހަމަނުޖެހުމުން މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނީ ސްކައުޓްގެ އިދާރާ އާއި ފިހާރަ މިއަދުގެ ކުރިން ހުސްކުރަން އަންގާފައިވާ ކަމަށެވެ. އިތުރު އިމާރާތެއް ހަމަޖެހެންދެން އެ އިދާރާ އާއި ފިހާރަ ބަންދުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"...އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ،" އެ ނޯޓިސްގައި ބުންޏެވެ.