އުރީދޫން ކޮންމެ 20 ދުވަހަކުން ދޭ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި

މިހާރު

10 ސެޕްޓެމްބަރު 2025 | ބުދަ | 3:07

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގެ ހަތް ވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

އުމްރާ ދަތުރު ލިބުނު ހަތް ވަނަ ނަސީބުވެރިއަކީ ހުއްރިއްޔަތު މުހައްމަދެވެ. ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި ބާކީ 12 ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވަމުން ދާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ ނަސީބުވެރި އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.

އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި، އުރީދޫ މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.

މައުޟޫޢުތަށް