އަލީބާބާގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭ ގޮތް ހަދަނީ

މިހާރު

10 ސެޕްޓެމްބަރު 2025 | ބުދަ | 3:24

ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކާ އެކު އަލީބާބާގެ އެކްސްޕާޓުން ބައިވެރިވާ ފޯރަމެއް އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އަލީބާބާގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮންލައިން ޕްލެޓްފޯމްތަކުގައި ދިވެހިންނަށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަން ކުރާ މަސައްކަތުގެ ބައެކެވެ.

މައުޟޫޢުތަށް