ސްކޭމްގައި ޖެހުނު ޑޮކްޓަރުންނަށް މައުލޫމާތު ދިނީ ކްރިކެޓް އޮފީސް އިމާރާތުގައި، މުވައްޒަފަށް ފިޔަވަޅު އަޅައިފި
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 8:12
ޑޮކްޓަރުކަން ކިޔަވަން ބޭރަށް ދާން އުޅުނު ދަރިވަރުންތަކަކަށް އޮޅުވާލައި، މަކަރު ހަދައި މޯލްޑިވްސް ކްރިކެޓް ބޯޑު (ސީބީއެމް) ގެ އިމާރާތް ނަހަމަ ގޮތުގައި ބޭނުންކުރި އެ ތަނުގެ މުވައްޒަފަކަށް ފިޔަވަޅު އަޅައިފި އެވެ.
ރާއްޖެ އިން ބޭރަށް ޑޮކްޓަރުކަން ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދައިދީ، ފައިސާ ނެގުމަށް ފަހު ކިޔެވުން ނުފެށި އަނބުރާ ރާއްޖެ އަންނަ ޖެހުނު މައްސަލަތަކެއް މިދިޔަ ދެތިން ދުވަހު ވަނީ ފެންމަތިވެފަ އެވެ.
"ޒީޑް އިންޓަނޭޝަނަލް" ކިޔާ ކުންފުންޏެއް މެދުވެރިވެގެން ޑޮކްޓަރުކަން ކިޔަވަން ގޮސް އަދި ދާއިރާތަކަށް ހާއްސަ ވާން ބޭނުންވި ދަރިވަރުންތަކެއްގެ އަތުން ފައިސާ ނެގުމުގެ ކަންކަން ރާއްޖޭގައި ކޮށްފައި ވަނީ ކްރިކެޓް ބޯޑުގެ އޮފީހުގައި ކަމަށް ވެ އެވެ.