ކުޅުދުއްފުށީ ފަރުގައި އޮތް ބާޖު 14 ދުވަސް ތެރޭ ނަގަން ކޯޓުން އަމުރުކޮށްފި
މިހާރު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:38
މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތު ފަރުމައްޗަށް މީގެ ދެ އަހަރު ކުރިން އެރި ބާޖު 14 ދުވަސް ތެރޭ ފުންކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ހުޅަނގު ފަރާތު ފަރަށް އެ ބާޖު އެރީ 6،000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށް ކައިރިން ދަތުރުކުރަމުން ދަނިކޮށް، 2023 ވަނަ އަހަރުގެ އަހަރު ޖުލައި 16 ގަ އެވެ.
އެ ބާޖުގައި ހުރި ހިލަތައް ހުސްކޮށްފައިވީ ނަމަވެސް، ބާޖު އެތަނުން ނެގުމަށް އޭގެ ވެރިފަރާތަށް އެތައް މުއްދަތެއް ދީފައި ވިޔަސް އެ އެންގުމަށް އަމަލެއް ނުކުރެ އެވެ. އެއީ މިހާރު ބީއެމްސީ ސިލްޕްވޭ އެންޑް ސަލްވޭޖް ކިޔާ ކުންފުންޏަކަށް ވިއްކާލާފައިވާ ބާޖެކެވެ.