23 ބާވަތެއްގެ އަގު އަންނަ މަހުގެ 15 އިން ފެށިގެން ހެޔޮވާނެ: ސައީދު

މިހާރު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:35

ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މޭވާ އާއި ތަރުކާރީ އަގުހެޔޮކޮށް ލިބޭނެކަން ކަށަވަރުކުރަން އެސްޓީއޯއާ ގުޅިގެން ކުރާ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާ އެކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭވާ އާއި ތަރުކާރީ ލިބޭނީ އަގު ހެޔޮކޮށް ކަމަށެވެ.

މައުޟޫޢުތަށް