އެޗްޑީސީން ޔާމީނަށް ބަދަލު ދޭން އެންގި ނިންމުން އިސްތިއުނާފަށް

މިހާރު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:22

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިން ނިންމި މައްސަލާގައި ބަދަލު ދޭން އެންގި ނިންމުން އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މަގާމަށް ޔާމީން އައްޔަންކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ. ނަމަވެސް، ޔާމީންގެ އެއްބަސްވުން އާނުކުރާނެކަން އެންގީ އޭގެ އެއް މަސް ފަހުން މިދިޔަ ޖެނުއަރީ މަހު އެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމީ ޔާމީނަކީ މުއްދަތެއް ނެތް ދާއިމީ ވަޒީފާއެއްގައި ހުރި މީހެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށް ކަނޑައެޅި އެވެ. އެހެންވެ، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ޓްރައިބިއުލަނުން އެންގި އެވެ.

މައުޟޫޢުތަށް