މޭވާ އާއި ތަރުކާރީ މަދުނުވާ ވަަރަށް ގެނެވޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

މިހާރު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:53

މޭވާ އާއި ތަރުކާރީ ހިމެނޭ ގޮތުން ކާބޯތަކެތީގެ އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އެއްޗެހި މަދުނުވާ ވަރަށް ގެނެވޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަސާސީ ބާވަތްތައް ކަމަށް އަލަށް ކަނޑައެޅި ބާވަތްތައް އެތެރެކުރަން ކުރާ މަސައްކަތްތަކުގެ ތަފްސީލު ދޭން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހީމް ވިދާޅުވީ އެ ބާވަތްތައް ގިނަ އަދަދަަކަށް ގެނެސް ގުދަން ކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުރީ ހަމަޖައްސާފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަސޭހައިން ހަލާކުވާ ބާވަތްތަކާއި އެ ނޫން ބާވަތްތައް ވެސް ރައްކާ ކުރެވޭ ގޮތަށް އެސްޓީއޯ އިން ވަނީ މާލޭގައި ދެ ގުދަނެއް ހަދައިފަ އެވެ.

މައުޟޫޢުތަށް