ދޮޅު އަހަރު ތެރޭގައި ވަގު ސެޓްފިކެޓްގެ 19 މައްސަލަ، ފުލުހުންގެ ތަހުގީގު ލަސްވާތީ އެމްކިއުއޭގެ ކަންބޮޑުވުން!

މިހާރު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 5:30

މިދިޔަ ދޮޅު އަހަރު ތެރޭގައި ވަގު ސެޓްފިކެޓްތަކުގެ 19 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތަހުގީގު ނުނިމި، އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެމްކިއުއޭއިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން (އެޓެސްޓް) ކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި މީގެފަހުން ތައްގަނޑު ޖަހާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި ސޮޔާއި ތައްގަނޑު ފޯޖު ކުރުމުގެ މައްސަލަތައް ބޮޑުވެ، މިދިޔަ އަހަރު އެފަދަ 11 މައްސަލައެއް އަދި މިއަހަރުގެ މިހާތަނަށް އަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް