ކޯޓް ކޮމްޕްލެކްސް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
މިހާރު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 5:03
ހުޅުމާލޭގައި ގާއިމްކުރާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަންކުރި އިއުލާނުގައި ބުނީ ބީލަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ.