އަގަށް އެސައިންމަންޓް ހަދައިދޭ ލަންކާ ޓީޗަރަކު ޑީޕޯޓްކުރުމުން ވެސް ނުހުއްޓުވުނު

މިހާރު

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:08

އަގަށް އެސައިންމަންޓް ހަދައިދޭ ސްރީ ލަންކާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހާ ޑީޕޯޓްކޮށްފައިވާ ކަމަށާއި އެކަމަކު އެ މީހާ އަދިވެސް އެކަން ނުހުއްޓާ ކުރިއަށް ގެންދާތީ އެކަމުގައި އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.

އެހެން މީހުން ލައްވައި ނުވަތަ އަގު ދީގެން އެސައިންމަންޓް ހެއްދުވުމަކީ ގާނޫނީ ކުށެކެވެ. ފައިސާ އަށް އެސައިންމަންޓް ހައްދައިދޭ ކަމަށް ބުނާ އިޝްތިހާރުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަބަދު ވެސް ދައުރުވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްކިޔުއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ފިޒާނާ ވިދާޅުވީ އަގަށް އެސައިންމަންޓް ހަދައިދިނުން ހުއްޓުވޭނެ ގޮތެއް އަދި ނެތް ކަަމަށާއި އެކަމަކު އެކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މައުޟޫޢުތަށް