ދޮންފަނު ފަރަށް ޑައިވް ނުކުރެވޭ ގޮތް ހެދުމަކީ ރާއްޖޭގެ ނަމަށް ހުތުރުވާނެ ކަމެއް: މަޓާޓޯ
މިހާރު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:08
ހަނިފަރުބޭ ފަދަ ސަރަަހައްދުތަކަކީ ހަމަ އެކަނި ދޮންފަނުގެ ހަޒާނާއެއް ނޫން ކަމަށް މަޓާޓޯ އިން ބުނި. އެއީ ހުރިހާ ދިވެހިން އަދި އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއްކަން ދެނެގަންނަން ކަމާ ބެހޭ އެންމެންނަށް އެ ޖަމިއްޔާއިން ހަނދާން ކޮށްދިން.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ބ. ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން މިރޭ ބުނެފި އެވެ.
ދޮންފަނުގެ ފަރަށް ޑައިވް ކުރުމާއި އެ ފަރުގައި ފީނުން އެ ރަށުގެ ކައުންސިލުން މަނާކުރީ ދޮންފަނުގެ ބަޔަކު ކަނޑުމަތީގައި މުޒާހަރާއެއް ކުރަން ތައްޔާރުވަމުން ދާތީ ކަމަށް ބުނެ އެވެ. ދޮންފަނުގެ ބަޔަކު ކަނޑުމަތީގައި މުޒާހަރާ ކުރަން އުޅެނީ އެ ރަށަށް ބިން އިތުރުކުރުމަށް ޓަކައި ހިއްކާނެ ކަމަށް ސަރުކާރުން ކުރިން ބުނި ސަރަހައްދެއް ނުހިއްކާ ގޮތަށް ނިންމުމުންނެވެ.