ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މިހާރު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:57

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުމޫންގެ އޮފީހުން މިރޭ ބުނެފި އެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އަދި އުމުރުފުޅުން މިހާރު 74 އަހަރުގެ ނަސްރީނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.

ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުން އަންނަ އޯގާތެރިކަމާއި އަޅައިލުމަށް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ޝުކުރު އަދާކޮށްފައި ވެ އެވެ.

މައުޟޫޢުތަށް