އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް މެޑްރިޑްގައި
މިހާރު
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:05
ޔޫއެފާ ޗެމްޕިއަންސް ލީގު 2026/2027 ގެ ފައިނަލް މެޗު، މެޑްރިޑްގައި ބާއްވަން ނިންމައިފި އެވެ.
ޔޫއެފާއިން ބުރާސްފަތި ދުވަހު ނިންމި ގޮތުގައި، 5 ޖޫން 2027 އަށް ތާވަލް ކޮށްފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބާއްވާނީ އެތުލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގަ އެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް ބާއްވަން ދެން ބިޑު ކުރީ، 69،700 މީހުންގެ ޖާގައިގެ އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑީއަމް އެވެ. ނަމަވެސް ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި ނިންމީ 67،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި، ސްޕެއިންގެ ވެރިރަށުގައި ފައިނަލް މެޗު ބާއްވާށެވެ.