ހަމާސް ނުހިމެނޭ ފަލަސްތީނުގެ ދައުލަތަކަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ވޯޓު ނަގަނީ

މިހާރު

12 ސެޕްޓެމްބަރު 2025 | ހުކުރު | 12:06

ހަމާސްގެ ބައިވެރިވުމެއް ނެތް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި، އިޒްރޭލާއި ފަލަސްތީނަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމާ ގުޅޭ "ނިއު ޔޯކް ޑެލްލަރޭޝަން" އަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ވޯޓަށް އަހާނެ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރުމުގައި އދ.ގެ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ އިޒްރޭލުން މި ގަރާރާ ދެކޮޅުހަދައި މިއީ ހަމާސްގެ ހަމަލާގެ ބަދަލުގައި ދޭ އިނާމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް ފްރާންސާއި ސައޫދީ އަރަބިއްޔާގެ އިސްނެގުމަށް ހުށަހެޅި ގަރާރަށް ތާއީދު ބޮޑެވެ.

"ނިއު ޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓުލްމަންޓް އޮފް ދަ ކުއެޝަން އޮފް ފަލަސްތީން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލޫޝަން" ގަރާރުގައި ހަމާސްގެ ހަމަލާގައި އިޒްރޭލުން އަސީރުކޮށްފައިވާ އެންމެން މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ. އަދި ހަމާސްގެ އޮކްޓޫބަރު 7 ގެ ހަމަލާ ކުށްވެރިކޮށްފައި ވެސް ވެ އެވެ.

މައުޟޫޢުތަށް