މެލޭޝިއާގެ ޓްރެކް އެންޑް ފީލްޑް މުބާރާތުގައި ރާއްޖޭގެ ޖޫނިއާ އެތުލީޓުން ވާދަކުރަނީ
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 12:01
މެލޭޝިއާގެ ސީއޭކޭ އެކަޑަމީން ބާއްވާ ޓްރެކް އެންޑް ފީލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ ޖޫނިއާ އެތުލީޓުންގެ ޓީމެއް މެލޭޝިއާ އަށް ހިނގައްޖެ އެވެ.
"ސުޕަ ހީރޯ ޓްރެކް އެންޑް ފީލްޑް ޗެމްޕިއަންޝިޕް" ގެ ނަމުގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ހަ އެތުލީޓަކު އަމިއްލަ ގޮތުން ވާދަކުރާނެ އެވެ.
އެއީ ނަސީރު ސްޕޯޓްސް އެކަޑަމީގެ މަރްޔަމް އަންޖަލް ރަދީފް، މުހައްމަދު އިޒްއާން ރަދީފް، ނޫހް އިހްލާސް ސަލްމާން، މުހައްމަދު އަލްމާން ހަސަން، ޔުއާން އަހްތަރެވެ. ދެން ވާދަކުރާނީ ސާއިދު ސްޕޯޓްސް އެކަޑަމީގެ އުލުވާން އިބްރާހިމް އުމަރެވެ.