އެމްޖޭއޭގެ ރައީސް ކަމަށް ނާއިފް، ނައިބަކަށް ޝަހުޒާން
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 12:54
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމަށް އަހުމަދު ނާއިފް އަދި ނައިބު ރައީސްގެ މަގާމަށް މުހައްމަދު ޝަހުޒާން ރޭ އިންތިހާބުކޮށްފި އެވެ.
އެމްޖޭއޭގެ މިހާރު ހިނގަމުންދާ ދައުރު އަންނަ ހަފުތާ ހަމަވާތީ އާ އެކްސްކޯއެއް އިންތިހާބު ކުރަން ރޭ ވަނީ ކޮންގްރެސް ބާއްވައިފަ އެވެ. އެ ކޮންގްރެސްގައި އެމްޖޭއޭގެ ރައީސް ކަމަށް ކުރިމަތިލީ "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް އެކަންޏެވެ.
އޭނާ އެ މަގާމަށް އިންތިހާބު ކުރަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިން އެމްޖޭއޭގެ އާންމު މެންބަރުންގެ 95 ޕަސެންޓް މެންބަރުން ވޯޓު ދިނީ ފެންނަ ކަމަށެވެ. ނާއިފަކީ އެމްޖޭއޭގެ މިދިޔަ ދެ ދައުރުގައި ސެކްރެޓްރީ ޖެނަރަލްގެ މަގާމު ފުރި ނޫސްވެރިއެކެވެ.