"މަށިކުޅި ޕްލެޓްފޯމް": ކުޅުދުއްފުށީ ކުޅިއަށް އިތުރު ހިތްގައިމުކަން
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 4:02
ހދ. ކުޅުދުއްފުށީގެ މަށި ކުޅިއަކީ އެ ރަށުގެ ރަމްޒެވެ. ފަހުރެވެ. ރާއްޖޭގެ ނިސްބަތުން ވެސް ގުދުރަތީ ވަރުގަދަ ހަޒާނާއެކެވެ. އެ ކުޅީގެ ހިތްގައިމުކަން ދެކިލަން އެތައް ބަޔަކު ޒިޔާރަތްކުރާއިރު، އެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭން ސިޓީ ކައުންސިލުން މި ވަނީ ކުޅި ސަރަހައްދުގައި ޕްލެޓްފޯމެއް ތަރައްގީކޮށްފަ އެވެ.
"މަށިކުޅި" ޕްލެޓްފޯމްގެ ނަމުގައި މި ޕްލެޓްފޯމް ތަަރައްގީކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގްއާ ގުޅިގެން ޔޫއެންޑީޕީގެ ގްރާންޓެއްގެ ދަށުންނެވެ. ސިޓީ ކައުންސިލްގެ ބެޖެޓުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް މަޝްރޫއުއަށް ހަރަދުކުރި އެވެ.
އެ ތަން މިދިޔަ ބުދަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު އެ ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ރީޖަނަލް ގަވަނެންސްގެ އެޑްވައިޒާ ޑިއާނާ ޓޮރެސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.