ޑައިވްކުރަން ދިޔަ ބަޔަކު ހަނިފަރު ފަރަށް ފޭބިޔަނުދީ ހުރަސްއަޅައިފި

މިހާރު

12 ސެޕްޓެމްބަރު 2025 | ހުކުރު | 5:07

ޑައިވްކުރުން ހުއްޓުވީ، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެރަށު ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން އެލްޖީއޭ އިން އަންގާފައި ވަނިކޮށް.

ބ. ދޮންފަނު ފަރުގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މަނާކުރި ނިންމުން ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް، ދޮންފަނާއި ހަނިފަރުބޭއާ ދެމެދު އޮންނަ ޑައިވިން ސައިޓަށް މިއަދު ހެނދުނު ފައިބަން ދިޔަ ބަޔަކު ހުއްޓުވައި ޑައިވް ކުރަން ހުރަސްއަޅައިފި އެވެ.

ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން އިއްޔެ މަނާކުރީ ދޮންފަނުގެ ބިން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ. އަދި ކައުންސިލްގެ ނިންމުން ބާތިލް ކުރަން ވެސް އެލްޖީއޭގެ އެންގުމުގަިއ ވެ އެވެ.

މައުޟޫޢުތަށް