ޒަކިއްޔާ މަރަށް އަހަރެއް: އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލައި އަނެއްކާވެސް މުޒާހަރާއަށް

މިހާރު

12 ސެޕްޓެމްބަރު 2025 | ހުކުރު | 7:25

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއްވީއިރު ވެސް، އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅި އަދި އިންސާފު ނުލިބޭތީ އެ ރަށު ރައްޔިތުން އަނެއްކާވެސް މިއަދު މުޒާހަރާކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ނިއުލައިފް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ތެރެއިންނެވެ. އެރަށު ބައެއް މީހުން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.

އޭނާގެ މަރަށް އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައިވާއިރު ވެސް އިންސާފު ނުލިބޭތީ އެ ރަށު ރައްޔިތުން މިއަދު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

މައުޟޫޢުތަށް