ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ގަރާރު ފާސްކުރީ ރާއްޖޭގެ ވޯޓާއެކު
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 9:51
ސުލްޙަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތް ގާއިމްކޮށް، ތަންފީޒު ކުރުމާގުޅޭ ގަރާރު ކަމަށްވާ "ނިއުޔޯކް ޑެކްލެރޭޝަން" އދ. އިން ފާސްކުރުމަށް ރާއްޖެއިން ވޯޓު ދީފި އެވެ.
އެ ޑެކްލަރޭޝަނަކީ މިދިޔަ ޖުލައި މަހުގެ 28 އިން 30 އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ކޮންފަރެންސަށްފަހު ހުށަހެޅި ގަރާރެކެވެ.
އެ ގަރާރު ބަލައިގެންފައި ވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޖަލްސާގަ އެވެ.