ދިޝާ ޕަޓާނީގެ ގެއަށް ބަޑި ޖަހައިފި
މިހާރު
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:51
ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީގެ ގެއަށް ބަޔަކު ބަޑި ޖަހައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ މުމްބާއީގައި ހުންނަ ދިޝާގެ ގެއަށް ބަޔަކު ބަޑި ޖެހީ އިއްޔަ ރޭ ފަތިހު އެވެ. އެކަން ކުރީ މޫނު ނިވާކޮށްގެން ތިބެ، ސައިކަލެއްގައި އެ ގެ ކައިރިއަށް ދިޔަ ދެ މީހެކެވެ. އެ ގޭގެ ބޭރު ފާރުގެ އެކި ތަންތަނަށް އެމީހުން ވަނީ 10-12 ފަހަރު ބަޑި ޖަހައިފަ އެވެ.
ބައެއް ނޫސްތަކުގައި ބުނީ އެ ހަމަލާ ދިން ވަގުތު އެ ގޭގައި ދިޝާ ނެތް ނަމަވެސް، އޭނާގެ ކޮއްކޮ ޚުޝްބޫ ޕަޓާނީ އާއި އޭނާގެ ބައްޕަ ޖަގްދީޝް ޕަޓާނީ އަދި މަންމަ ޕަދްމާ ޕަޓާނީ އުޅޭ ކަމަށެވެ. އެ ހަމަލާގައި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.