ސާފް ލީގުގެ ފުރަތަމަ ބޮޑީބޯޑިން ޗެމްޕިއަނަކީ ޖާއްޓެ

މިހާރު

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 8:48

ގައުމީ ސާފް ލީގުގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ހިމެނި ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން، ފާއިތުވި ދެ އަހަރުގެ ބޮޑީބޯޑިން ގައުމީ ލީގުގެ ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފި އެވެ.

ލ. މާބައިދޫގައި މިއަދު ނިމުނު "ކެރަންޑޫ" މުބާރާތުގެ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ ފައިނަލް ހީޓުގައި މުހައްމަދު ކައިފްއާ ވާދަކޮށް ޖުމްލަ 12.37 ޕޮއިންޓް ހޯދައިގެންނެވެ. ކައިފަށް އެ ހީޓުގައި ލިބުނީ ޖުމްލަ 11.67 ޕޮއިންޓެވެ.

ޖުމްލަ 10 އެތުލީޓުން ވާދަކުރި މި އިވެންޓުގައި، ކައިފް އާއި ޖާއްޓެ ގެ އިތުރުން ބޮޑީބޯޑިންގައި ރާއްޖޭގެ ފުންނާބު އުސް ގިނަ އެތުލީޓުން ވާދަ ކޮށްފައިވެ އެވެ.

މައުޟޫޢުތަށް