އާ ގާނޫނަކީ އޭޖީ އޮފީހުގެ މަސައްކަތް ހަރުދަނާ ކުރަން ކުރި އެންމެ މުހިއްމު މަސައްކަތް: އުޝާމް

މިހާރު

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:12

އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސަައްކަތް ހަރުދަނާކުރަން އެންމެ މުހިއްމު މަސައްކަތެއް ކުރީ މި އަހަރު ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެ އޮފީހުގެ ގާނޫނަށް މިރޭ ތައުރީފުކުރައްވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ އަލަށް ފާސްކޮށް އަމަލުކުރަން ފެށި، "ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު"ގެ ސަބަބުން، އެ އޮފީހުގެ މަަސައްކަތްތައް ވަކި އަތަކަށް ނުޖެހި ކުރުމަށް ބާރުއަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެ ގާނޫނު ހަދަން، 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރި ނަމަވެސް މި އަހަރާ ޖެހެންދެން އެ ކަން އޮތީ ކާމިޔާބު ނުވެފައި ކަން އޭޖީ ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް